38 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެންގޮސްގެން ސިފައިން ޚަރަކާތްތެރިވާން ފަށައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފް އިން ބުނީ ތިލަފުއްޓާދިމާލު ބޭރުން ދަތުރުކުރަމުންދާ ލޯންޗެއް ފަޅައިގެންގޮސްގެން އެމްއެންޑީފް ގެ މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި، އެ ލޯންޗުގައި 38 މީހުން ދަތުރުކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެ މުވައްސަސާއިން އެހީތެރިކަން ފޯރުކޮށްދެނީ "ސްވެނިއަރ 34″ ކިޔާ ލޯނަޗަކަށް ކަމަށްވެސް ބުނެފައިވެއެވެ.
ތިލަފުށްޓާ ދިމާ ބޭރުން ދަތުރުކުރަމުންދާ "ސުވެނިއަރ 34″ ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ، މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުން. މަޢުލޫމާތު ލިބިފައިވާގޮތުގައި އެ އުޅަނދުގައި 38 މީހުން ދަތުރު ކުރަމުންދޭ.
ފަޅައިގެން ގޮސް ދިޔަވަމުންދިޔަ، "ސުވެނިއަރ 34″ ލޯންޗު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ތިލަފުށްޓަށް މިއަދު މެންދުރު 14:00 ހާއިރު ވައްދާފައިވާކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައިނުވާކަމަށްވެސް އެ،މްއެންޑީއެފް އިން ބުނެފައިވެއެވެ.

advertisment
advertisment