އޮސްޓްރޭލިއާ އެވޯޑްސް މޯލްޑިވްސް ގެ ސްކޮލާޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި

އޮސްޓްރޭލިއާ އެވޯޑްސް މޯލްޑިވްސް ގެ ސްކޮލާޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެވޯޑްސް ގެ ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ދެކޮޅު ޓިކެޓާއި އެސްޓެބްލިޝްމަންޓް އެލަވަންސާއި ސްޓައިޕެންޑް، ޓިއުޝަން ފީ އާއި ލިވިން އެލަވަންސާއި ހެލްތު އިންޝުރެންސް ސްކޮލަޝިޕް ދޭ ފަރާތުން ހަމަޖައްސައި ދޭނެ ކަމަށާއި، ސްކޮލަޝިޕްތަކަށް ދަރިވަރުން ހޮވާނީ ވެސް ސްކޮލަޝިޕް ދޭ ފަރާތުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ސްކޮލަޝިޕްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިން އެދެފައެވެ.

ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު www.australiaawardsmaldives.org އިން ލިބޭން ހުންނާނެ ކަމަށް ބުނެފައިވެއެވެ. އަދި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަަ މަހުގެ 30 ގެ ނިއަލަށް ވަނީ ހުޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *