މިފްކޯ ކޮޅަށްޖެހުމަށް ނަގަންޖެހެނީ "ޓަފް" ޑިޝިޝަން ތަކެއް، އެކަންކުރާނަން: ފަރުހަތު

މިފްކޯ ކޮޅަށްޖެހުމަށް ނަގަންޖެހެނީ ވަރަށް ޓަފް އުނދަގޫ ޑިޝިޝަން ތަކެއް ކަމަށާއި ނަމަވެސް އެކަން ކުރާނެކަމަށް އަލަށް މިފްކޯއާއި ޙަވާލުވި ސީއީއޯ މޭޖަރ ޖެނެރަލް ރިޓަޔަރޑް ފަރުހަތު ޝަހީރް ވިދާޅުވެއްޖެއެވެ.

ފަރުހަތު ވިދާޅުވީ މިހާރު މިފްކޯ އޮތް ހާލަތުން ކޮޅައް ޖެހުމަށް ވަރަށް އަވަހަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި، އެކަން ކުރުމަށް ނަގަންޖެހޭ ޑިޝިޝަން ތަކަކީ ވަރަށް ޓަފް ޑިސިޝަންތަކެއް ކަމަށެވެ. އެހެންކަމުން އެކަންކަން ކުރެވިއްޖެނަމަ އެ ކުންފުންޏަކީ މަސްވެރިކަމުގައި ދިވެހި ރާއްޖޭގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ކުރިއެކޭ އެއް ގޮތަށް މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އެއްވަނަ ސިނާއަތަށް ހެދޭނެ ކަމަށާއި، އެގޮތުން މިފްކޯގެ އަމާޒު ހުރީ އެ އަމާޒަށް ކަމަށާއި، ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތުން އެ އަމާޒަށް ވާސިލުވެވޭނެކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އޮތް އެބައޮތް ކަމަށްވެސް ފަރުހަތު ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް މިދިޔަ ހަފުތާގައި ފަރުހަތު އައްޔަން ކުރީ އެ ކުންފުނީގެ ސީއީއޯގެ މަގާމަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އައްޔަންކުރި ބިދޭސީ ސީއީއޯ ޔުކްރޭނަށް ނިސްބަތްވާ ޑރ. ވިތާލީ ލުބިމޮވް މި މަހުގެ 3 ގައި މަގާމުން ވަކިކުރުމަށް ފަހުގައެވެ. މި ސަރުކާރުން އެއްމެ ފުރަތަމަ މިފްކޯ ގެ ސީއީއޯ ގެ މަގާމަށް އައްޔަނުކޮށްފައިވަނީ ސަމާހު އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *