މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އިމާދުގެ ވިދާޅުވީ ފަހަކަށްއައިސް އެމްއެމްއޭ އިން ނިންމައިފައިވާ ނިންމުންތަކަކީ އޭނާގެ ނަޒަރުގައި މުއައްސަސާގެ އަސާސީ މަޤްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނިންމައިފައިވާ ނިންމުންތަކެއް ނޫން ކަމަށެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އިމާދު އިސްތިއުފާދެއްވާފައި މިވަނީ އޭނާ އެމަގާމުން ވަކިކުރެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް މި މަހުގެ 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މައްސަލައެއް ހުށަހަޅުއްވާފައި ވަނިކޮށެވެ.
އެމްއެމްއޭ ގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޙިދުމަތް ކުރައްވާފައިވާ އިމާދު ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަންކުރީ 2020 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އިމާދަކީ އިނގިރޭސިވިލާތުން އިކޮނޮމިކްސް އާއި ފައިނޭންސްގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
advertisment
advertisment