އަތޮޅު ތެރޭގެ 18 ރަށެއްގެ ސްކޫލުތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓަރީގައި މަސައްކަތު އެއްބަސްވުންތަކުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަްމިއްޔާތުގައި އެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަދި ފެނަކަ ކޯޕަރޭޝަނާއެވެ.
ރާއްޖޭގެ 18 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން 12 ސުކޫލެއްގެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެއްވުން. pic.twitter.com/TyekfaAFiq
— Ministry of Education (@MoEdumv) March 16, 2025
އެގޮތުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހއ. އުލިގަމާއި ރ. އުނގޫފާރާއި ކ. މާފުށި އަދި ވ. ފެލިދޫ ސްކޫލްގެ މަސައްކަތެވެ. އާރްޑީސީއާ ހަވާލުކުރީ ހއ. ފިއްލަދޫ އަދި ރ ހުޅުދުއްފާރު ސްކޫލްގެ މަސައްކަތެވެ. ފެނަކައާ ހަވާލުކޮށްފައި ވަނީ 12 ސްކޫލެއްގެ މަސައްކަތެވެ.
އެ މަސައްކަތްތަށް ހަވާލުކުރުމުގެ އެެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާއިލް ޝަފީއު އެވެ. އަދި އެ ކުންފުނިތަކުގެ ފަރާތުން އެއްބްސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކުންފުނި ތަކުގެ މެނޭޖިންގ ޑިރެކްޓަރުންނެވެ.
One Response
2026 ކައުންސިލް އިންތިޙާބަށް ގުނބޯހެއްދުން ވަރަށް ވަރަށްސާފް