ލ އަތޮޅު ކައުންސިލުން އެ އަތޮޅު ސުކޫލުތަކަށް ދޭ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ލ އަތޮޅު ކައުންސިލުން އެ އަތޮޅު ސުކޫލުތަކަށް ދޭ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ލ.އަތޮޅު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނީ އެ އަތޮޅު ސްކޫލްތަކުން ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް ސްކޫލްތަކުގެ ވަސީލަތްތައް ފުރިހަމަ ކުރުމުގެ މަޤްޞަދުގައި ހައްދުންމަތީ އަތޮޅު ކައުންސިލާއި، އަތޮޅު ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަތޮޅުގެ ސްކޫލްތައް ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ސްކޫލްތަކުގައި ފުރިހަމަ ކުރަން ހުރި ކަންކަމަށް އެހީތެރިވުމުގެ ޕްރޮގްރާމް މި އަހަރު ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، ސްކޫލްތަކުގައި ހިންގަން ބޭނުންވާ ދަރިވަރުންގެ ކިޔެވުމާއި ގުޅޭ ކަންކަން ރަނގަޅުކުރުމަށް ރާވާ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަން ބޭނުންވާ އެ އަތޮޅުގެ ސްކޫލްތަކުން އެ ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުމަށެވެ.

އެ ކައުންސިލުގެ އިއުލާނުގައި އިތުރަށް ބުނީ  އެހީއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، ޕްރޮޕޯސަލް އާއިއެކު 2025 އޭޕްރީލް 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުއްވުން އެދޭ ކަމަށާއި، އީމެއިލް ކުރައްވާނަމަ [email protected] އަށް ޕްރޮޕޯސަލް މެއިލް ކުރެއްވޭނެ ކަމަށްވެސް ބުނެއެވެ.

މާލީ އެހީތެރިކަން ބޭނުންވާ ލ. އަތޮޅުގެ ސުޚުލު ތަކުން އެހީތެރިކަމަށް އެދުމަށް ކޮށްފައިވާ އިއުލާނާއެކު އެ ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ވެސް ގަޒެޓް ކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *