މިއަރު މިހާތަނަށް މުދަލު ޒަކާތް ދެއްކި ނިސްބަތް %67 އިތުރު ވެއްޖެ

މިއަރު މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު މި މިދިޔަ އައަރުގެ މި މުއްދަތުގައި ލިބިފައިވާ އަދަދާއި އަޅާވަލާއިރު %66.5 އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސް ހިސބުތަކުން ދައްކައިފި އެވެ.

މީރާއިން އާއްމު ކޮށްފައި މާރިޗް މަހުގެ ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފާސް ހިސާބް ރިޕޯޓް ގައި ވާގޮތުން މި ދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަސްތެރޭ މުދަލު ޒަކާތުގެގޮތުގައި ދަޢުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 23,561,440 މިލިޔަން ރުފިޔާ އެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގެ ތެރޭގައި މުދަލު ޒަކާތުގެގޮތުގައި 34,793,637 މިލިއަން ރުފިޔާ ލިބިފައިވެއއެވެ. އެހެންކަމުން މި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު %67 އިތުރު އަދަދެކެވެ.

މީރާއިން ގެ ރިޕޯޓް ގައި ވާގޮތުން މި ދިޔަ އަހަރުގެ މާރިޗް މަހު މުދަލު ޒަކާތުގެގޮތުގައި ދަޢުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 14,125,912 މިލިޔަން ރުފިޔާ އެވެ. ނަމަވެސް މިއަހަރުގެ މާރިޗް މަހު މުދަލު ޒަކާތުގެގޮތުގައި 23,532,620 މިލިއަން ރުފިޔާ ލިބިފައިވެއއެވެ. އެހެންކަމުން މި އަދަދަކީ މިދިޔަ އަހަރުގެ މާރިޗް މަހު ލިބިފައިވާ މުދަލު ޒަކާތުގެ އަދަދާ އަޅާބަލާއިރު %47 އިތުރު އަދަދެކެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މުދަލު ޒަކާތުގެ ގޮތުގައި އންމެ ބޮޑު އަދަދެއް އެއް އަހަރުގެ ތެރޭގައި ލިބިފައިވަނީ މިދިޔަ 2024 ވަނަ އަހަރުއެވެ. އެ އަހަރު މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 101.9 މިލިޔަން ރުފިޔާ ލިބިފައިވާ އިރު، މިއީ 2023ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބުނު 90.2 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %12.9 އިތުރު އަދަދެކެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މިދިޔަ ޖަނަވަރީމަހުގެ 22 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 8،800.05ރ ކަމަށް ކަނޑައަޅާފައެވެ. މީގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 9240.35ރ އެވެ.

ދިވެހިރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ.

ރާއްޖޭގައި ރިހީގެ އަގު ކަނޑައަޅަނީ، މަރުކަޒީ ބެންކު (މޯޑިވްސް މަނިޓަރީ އޮތޯރިޓީ) އިންނެވެ. ނިޞާބު ކަނޑައެޅުމަށްފަހު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓްގައި އިޢުލާން ކުރެއެވެ. އަހަރުގެ އެކި ދުވަސްވަރު ނިޞާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއެކު ތަފާތުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *