މުންކަރާތުގެ ބިމަކަށް ހިޖުރަކޮށްހުރެ ޝެއިހް އިމްރާން ދަނީ އިސްލާމީ ވެރިކަމަކުން މިންޖުވާން ގޮވަމުން: ކުރީގެ ޕީޖީ މުހްތާޒް

ޝެއިހް އިމްރާން ދަނީ މުންކަރާތުގެ ބިމަކަށް ހިޖުރަކޮށްހުރެ އިސްލާމީ ވެރިކަމަކުން މިންޖުވާން ގޮވަމުން ކަމަށް ރައީސް ޔާމީން ސަރުކާރުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު އަދާކުރެއްވި ކުރީގެ ޕީޖީ މުހްތާޒް މުހުސިނު ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ ޝެއިހް އިމްރާން އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކުރައްވާފައިވާ ޕޯސްޓަކާއި ގުޅިގެން ކުރީގެ ޕީޖީ މުހުތާޒް އެމަނިކުފާނުގެ އެކްސް އެކައުންޓްގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ 100 އިންސައްތަ އިސްލާން ގައުމެއް ދޫކޮށް މުންކަރާތުގެ ބިމަކަށް ހިޖުރަކުރުމަށްފަހު އިސްލާމީ ވެރިކަމަކުން މިންޖުވާން ގޮވުމަކީ ލަދުވެތި ކަމެއް ކަމަށާއި އަދި އެ މަނިކުފާނަކީ ދޮގާއި މަކަރުވެރިކަމުގެ ތާރީހެއްވެސް އޮތް ބޭފުޅެއް ކަމަށެވެ.

100% އިސްލާމީ ގައުމަކުން މުންކަރާތުގެ ބިމަކަށް ހިޖްރަކޮށް, ދޮގުގާއި މަކަރުވެރިކަމުގެ ތާރީހެއް އޮތް ބޭފުޅަކު އިސްލާމީ ވެރިކަމަކުން މިންޖުވާން ގޮވާލުމަކީ ހުތުރު ވެގެންވާ ލަދުވެތި އަމަަލަކަށް ނޫނީ ނުވެ އެވެ." ކުރީގެ ޕީޖީ މުހުތާޒް ވިދާޅުވެފައިވެއެވެ.

ޝެއިހް އިމްރާން އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް ކަމަށާއި، މިކަމުން (ރައީސް މުއިއްޒުގެ ވެރިކަމުން) ދިވެހިން މިންޖުވާން އެބަ ޖެހޭ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް އެތައް ގެއްލުމެއްވާ ދުވަހެއް.، މިކަމުން ދިވެހިން މިންޖުވާން އެބަ ޖެހޭ." ޝެއިޙް އިމްރާން ވިދާޅުވެފައި ވެއެވެ.

މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އިމްރާން މިހާރު ދިރިއުޅުއްވަނީ ތައިލެންޑްގައި ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މިސިވެހިރާއްޖެ އަށްވުރެ ވަކިން މުންކަރާތް ގިނަޤަވްމެއް މިހާރު ދުނިޔޭގަ
    އެބައޮތްބާ?

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *