އިންޑިއާގެ މެޑްރާސް އިންސްޓިޓިއުޓް އޮފް އޯތޮޕެޑިކް އެންޑް ޓްރޮމަޓޮލޮޖީ (މިއޮޓް) ހޮސްޕިޓަލުގެ ސެންޓަރެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އިންޑިއާގެ މިއޮޓް ހޮސްޕިޓަލުގެ ސެންޓަރެއް ރާއްޖޭގައި ހުޅުވަން ނިންމާފައިވާ ސަބަބެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވަނީ ފާއިތުވި 10 އަހަރު ތެރޭގައި އެ ހޮސްޕިޓަލަށް ދިވެހިންގެ އިތުބާރު ވަރަށް ބޮޑަށް ލިބިފައިވާތީ، ރާއްޖޭގައި ތިބެގެން އެ ހޮސްިޓަލުގެ ހިދުމަތް ލިބޭ ގޮތްވުމަކީ ދިވެހިންނަށް ވަރަށްބޮޑު ފަސޭހައަކަށް ވާނެތީ ކަމަށެވެ.
އގޮތުން މާލޭގެ ސަލްޓަން ޕާކު ސަރަހައްދު ގައި ހުންނަ މޫނިމާގޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ މިއޮޓްގެ ސެންޓަރުން ނިއުރޯ، ކާޑިއޯޕަލްމިނަރީ، އޮތޮޕެޑިކް، ޓްރޯމާ، އަދި ކެންސަރު ފަދަ ބަލިތަކަށް ރީހެބިލިޓޭޝަން ފަރުވާ ލިބެން ހުންނާނެކަމަށް ބުނެފައިވެއެވެ.
އަދި ފަރުވާތައް ކުރިއަށް ގެންދާނީ އެކި ދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމެއްގެ ބެލުމުގެ ދަށުން ކަމަށާއި، އަދި މިއޮޓް ނެކްސްޓް-ޖެން ތެލެމެޑިސިން ޚިދުމަތުގެ ދަށުން، ހޮސްޕިޓަލުގެ ސުޕަރސްޕެޝަލިސްޓުންގެ ލަފާ ވަގުތުން ހޯދޭނެ ގޮތްވެސް އެ ސެންޓަރުުގައި ހަމަޖެހިފައި ހުންނާނެ ކަމަށް ބުނެއެވެ.