ހިޔާޓަވަރު 8 އިން ސްކޫލަށް ދާން ނިކުތް އަންހެން ކުއްޖަކު ސްކޫލަށް ނުގޮސްގެން ހޯދަންފަށައިފި

ސްކޫލަށް ދާން ނިކުތް 15 އަހަރުގެ އަންހެން ކުއްޖަކު ސްކޫލަށް ނުގޮސްގެން ފުލުހުން ހޯދަންފަށައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ހިޔާޓަވަރު 8 އިން ހެނދުނު ސުކޫލަށްދާން ނިކުތް އަންހެންކުއްޖެއް ސްކޫލަށް ގޮސްފައިނުވާތީ އެކަން ރިޕޯޓް ކުރުމާގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ހުޅުމާލެ ފޭސް 2 ގައި ހުންނަ ސަލާހުއްދީން ސްކޫލަށް ދާން ނިކުތް ފަހުން ސްކޫލަށް ހާޒިރުވެފައިނުވާތީ އާއިލާއިން އެކަން ފުލުހުންނަށް ހުށަހަޅާފަ ވަނީ މިއަދު 08:30 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި އެކަމާ ގުޅިގެން ބެލިބެލުމުން އެ ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައިކަމަށާއި، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *