ޑިޖިޓަލައިޒް ކުރުމުގެ ނަމުގައިވެސް ސަރުކާރުން ކުރަން އުޅޭކަމަކީ ވައްކަން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ޕީންއެފް އިން ބާއްވަމުންއަންނަ އެ ޕާޓީގެ ފްރަންޓް އޮފީސް ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އިފުތިތާހުކުރި ސަރުކާރުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކުރުމުގެ ތަސައްވުރު "މޯލްޑިވްސް 2.0″ ތެރެއިން އުޅެނީ ކޮރަޕްޝަން ޑިޖިޓަލް ކުރަން ކަމަށެވެ.
އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު ޑިޖިޓަލައިޒް ކުރަން ޖެހޭ ހުރީ މަދުކަމެއް ކަމަށާއި،ރައީސް ޑރ މުއިއްޒު އުޅުއްވަނީ އެތައް ޒަމާނެއް ވަންދެން ކޮށްފައި ހުރި މަސައްކަތުގެ ކްރެޑިޓް ނަންގަވަން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި އެކި ކަހަލަ ސޮފްޓްވެއާ ޑިވެލޮޕްކުރާ މީހުން އެބަ ތިބި ކަމަށާއި، ނަމަވެސް، އެ މަސައްކަތް ބޭރުގެ ކުންފުންޏަކަށް ދީގެން އެކަމަށް ގިނަ އަދަދެއްގެ ފައިސާ ނަންގަވަން އުޅުއްވާކަމަށް ރައީސް ޔާމީން ވަނީ ތުހުމަތު ކިުރައްވާފައެވެ.
އެކި ނަންނަމުގައި މި ކުރަން އުޅޭ ކަމަކީ ސޮފްޓްވެއާތައް ޑިވެލޮޕްކޮށްފައި، އޭތި އައުޓްސޯސް ކުރަން މިއުޅެނީ. ރާއްޖޭގައި ކުރެވެން އެބަހުރި އެކަން. އާކަމެއް ކުރާކަށް ނޫން. މިއުޅެނީ ކަމަކަށް މެޑަލް ޖަހަން. އެކި ކަންކަމަށް ބޭނުންވާ ސޮފްޓްވެއާތައް އައުޓްސޯސްކޮށްފައި ކޮންމެވެސް ކަހަލަ ޑިޖިޓަލައިޒްޑް ކޮރަޕްޝަނެއް އަންނަން މިއުޅެނީ: ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮރަޕްޝަންގެ މައްސަލަތައް ސަރުކާރުން ނުބަލަނީ ޑިޖިޓަލައިޒް ނުވެންގެން ނޫން ކަމަށާއި، އޭސީސީއަށް ވަންނަ އެއްވެސް މައްސަލައެއް ނުބަލާކަމަށާއި އެކަން ނުކުރަނީ ޑިޖިޓަލައިޒް ނުވެގެން ނޫންކަމަށާއި، އޭސީސީއަށް ވަންނަ މައްސަލައަށް ބެލުމަށް މުއްދަތު ކަނޑައެޅެން ޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
One Response
އުސްތާޒު ދަސްކޮށްދިން ވަރަށްވުރެ ވެސް މޮޅަށް މިހާރު މި ކުރަނީ. ހީވޭތަ ކަމެއްހެން…