ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލް ޑިޒައިން ކުރުމަށާއި 6 ރަށެއްގެ ސިއްހީ މަރުކަޒުކަޒް އިމާރާތްކުރަން ޙަވާލުކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތުގެ ޑިޒައިން މަސައްކަތާއި، 6 ރަށެއްގެ ސިއްޙީ މަރުކަޒު ޢިމާރާތްތަކުގެ މަސައްކަތްކުރުމަށް އިންޖިނިއަރިންގ ކޮމްޕެނީއާއި، އެމްޓީސީސީއާއި، އާރްޑީސީ އާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތުގެ ޑިޒައިން މަސައްކަތް އިންޖިނިއަރިންގ ކޮމްޕެނީއާއި ހަވާލުކޮށްފައިވަނީ 3 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ހއ. މާރަންދޫއާއި ހއ. ބާރަށުގެ ސިއްޙީ މަރުކަޒުގައި އަލަށް ހަދާ ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ. އާރު ޑީސީ އާއި މި ދެރަށުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒު އެޅުމަށް 11.5 މިލިއަން ރުފިޔާގެ އަގަކަށެވެ.

މީގެ އިތުރުން މިއަދުގެ އެ ރަސްމިއްޔާތުގައި ކ. ހުރާ، ކ. ކާށިދޫ، އދ. ދިއްދޫ އަދި ވ. ފުލިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކޮސްފައިވަނީ އެމްޓީސީސީ އާއިއެވެ. އެކުންފުންޏާ ދިއްދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 9 މަސްތެރޭގައި ނިންމާގޮތަށް 12 މިލިއަން ރުފިޔާއަށެވެ.

ކާށިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކޮސްފައިވަނީ 7 މަސްދުހަުގެ ތރޭގައި ނިންމާ ގޮތަށް 7.1 މިލިއަނަށް ރުފިޔާ އަށެވެ. އަދި ވ. ފުލިދޫގައި ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކޮސްފައިވަނީ 1 އަހަރުން ނިންމާ ގޮތަށް 27 މިލިއަން ރުފިޔާ އަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *