ޖަލުގައި ބަންދުކޮށްފައި ހުންނެވި ލަންކާގެ ކުރީގެ ރައީސް ރަނިލްގެ ސިއްހީ ހާލަތު ގޯސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި

މިދިޔަ ހުކުރުދުވަހު ޖަލުގައި ބަންދުކޮށްްފައިވާ ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހާގެ ސިއްހީ ހާލަތު ގޯސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ލަންކާގެ ރައީސް ކަމުގައި ހުންނެވި ދުވަސްވަރު ގައުމުން ބޭރަށް ކުރެއްވި ދަތުރުފުޅެއްގައި ނަހަމަ ގޮތުގައި ފައިސާ ހަރަދުކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މި މަހުގެ 26 ގެ ނިއަލަށް ޖަލުގައި ބަންދުކޮސްފައި ހުންނެވި ރަނިލް ވިކްރމަ ސިންހާ ޖަލުގައި ހުންނަވަނިކޮސް ސިއްހީ ހާލަތު ގޯސްވެގެން ހެދި ޓެސްޓުތަކަށް ފަހު ރޭ ވަނީ ޖަލުގައި ހުންނަ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ރަނިލް ވަނީ ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

ރަނިލް ހައްޔަރުކޮސްފައި މިވަނީ ސެޕްޓެމްބަރ 2023 ގައި ރައީސް ކަމުގައި ހުންނެވި އިރު 10 މީހަކާ އެކު ގައުމުން ބޭރަށް ކުރެއްވި ދަތުިރުފުޅެއްގައި ގައުމުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ތުހުމަތުގައި ސްވާލު ކުރުމަށް ކަމަށް ލަންކާގެ ފުލުހުން ބުނެއެވެ.

ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށް މީގެ ކުރިން ރަނިލް ވަނީ ބަޔާން ދެއްވާފައެވެ. ނަމަވެސް މިއަދު ވެރިރަށް ކޮލަމްބޯގެ މެޖިސްޓްރޭޓް ކޯޓަށް ރަނިލް ހާޒިރުކުރުމަށް ވަނީހަމަޖެހިފަ އެވެ.

ބީބީސީ ސިންހަލާ އިން ބުނި ގޮތުގައި އުމުރުން 76 އަހަރުގެ ރަނިލް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި 23 ފަހަރު ގައުމުން ބޭރަށް ދަތުރު ކުރައްވައި، 600 މިލިއަން ރުޕީސް (ދެ މިލިއަން ޑޮލަރު؛ 1.4 މިލިއަން ޕައުންޑް) އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރައްވާފަ އެވެ.

މިއަދު އޭނާ ހައްޔަރުކުރީ ކިއުބާގައި ބޭއްވި ޖީ77 ސަމިޓަށް ފަހު ވިކްރަމަސިންހަ އެނބުރި ވަޑައިގަތުމުގެ ތެރޭގައި 2023 ވަނަ އަހަރު އިނގިރޭސިވިލާތުގައި މަޑުކުރުމާ ގުޅިފައިވާ ކަމަށް ނިއުސް އެޖެންސީ އޭއެފްޕީން ރިޕޯޓުކޮށްފައިވެ އެވެ. މި ދަތުރުފުޅުގައި އޭނާ އާއި އަނބިކަނބަލުން ވަނީ ޔުނިވާސިޓީ އޮފް ވޮލްވާހެމްޕްޓަންގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. ސްރީލަންކާގެ ސީއައިޑީއިން ބުނަނީ މިއީ ދައުލަތުގެ ފައިސާއިން ހަރަދުކޮށްގެން ކުރި އަމިއްލަ ދަތުރެއް ކަމަށާއި ނަމަވެސް ވިކްރަމަސިންހަ އެކަން ދޮގު ކުރައްވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *