ނުހެދި ދިގުލައިގެން ގޮސްފައިވާ ހދ ނާގޯށީގައި ރިސޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައި އަންނަ އަހަރު ޑިސެމްބަރުގައި ހުޅުވާނެ ކަމަށް ބުނެފި
ހދ. ނާގޯށީގައި ތަރައްޤީކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމަށް އެރަށުގައި ބޭއްވި ރަސްމީއްޔާތުގައި ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ޗެއަރމަން އަބްދުﷲ ފާއިޒް އާއި، ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އަދި އެ ބޭންކުގެ ޗެއަރމަން އަހުމަދު އަލީ ހަބީބް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ހދ. ނައިވާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ނާގޯށީގައި ރިސޯޓް ހަދަން އެމްޓީޑީސީއާއި ހަވާލުކޮށްފައިވާ ނާގޯށީގެ މަސައްކަތް ކުރިއަށް ގެންދޭވެނެ ގޮތް ހަމަޖައްސާފައިވާ ކަމަށާއި މަޝްރޫޢު ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ އެ ތރަށުގައި ރިސޯޓެއް ތަރައްޤީކުރަން އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އެއަށް ފަހު އެ ކުންފުނިން އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ސަބްލީޒްކުރީ ރަޝިއާގެ ތްރީކް ކުންފުންޏަކަށް ސަބްލީޒް ކުރި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮދްފައިނުވާތީ، .2017 ވަނަ އަހަރު އެމްޓީޑީސީ އަތުން އެރަށް ވަކިކޮށް އެއްބަވުން ބާތިލް ކުރި އެވެ.
އެއަށްފަހު 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން އަނެއްކާވެސް އެމްޓީޑީސީ އަށް ރަށް ލިބުމުން އެއަހަރު ވަނީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް އެކުންފުނިން ސްބްލީސް ކޮސްފައެވެ. ނަމަވެސް 3 އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ދުބާއީ ކުންފުނިން ކޮށްފައިނުވާތީ އެމްޓީޑީސީ އިން އެ އއްބަސްވުން ބާތިލުކުރުމަށްފަހު މިހާރު އެރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ އެމްޓީޑީސީ އިންނެވެ.
އެމްޓީޑީސީ އިން މިރަށް ތަރައްގީކުރުމަށް ފައިނޭންސް ހަމަޖައްސާދީފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިން އިންނެވެ. އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނިޔާޒު ވިދާޅުވީ މިމަޝްރޫޢުގެ ކުރިއަށް ގެންދަން ރާވާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މަޝްރޫޢޫގެ ފުރަތަމަ ފިޔަވަހީގައި 183 ކޮޓަރިއެއްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ޑިސެމްބަރުމަހަށް ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ނާގޯށި އޮޕަރޭޓް ކުރުމަށް އިންޓަނޭޝަނަލް ބްރޭންޑެއް ހޯދައި، އެކަމާއި ގުޅޭ އެމްއޯޔޫއެއްގައި ސޮއިކުރެވިފައިވާ ކަމަށްވެސް އެމްޓީޑީސީ އިން ބުނެފައިވެއެވެ.