އެންޒައިޓީއަކީ ގިނަ ބަޔަކަށް ކޮންމެ ދުވަހަކު ވެސް ކުރިމަތިވާ ގޮންޖެހުމެކެވެ. ގިނަ ފަހަރަށް އެކަމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް އެމީހުންނަކަށް ނޭނގެ އެވެ.
މައިންޑްފުލެންސް އެކްސަސައިޒް ތަކުން އެންޒައިޓީއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ އެވެ. މި އެކްސަސައިޒް ޓެކްނިކްތައް ޕްރެކްޓިސް ކުރަން ބޭނުންވަނީ ކުޑަ ވަގުތުކޮޅެކެވެ. ކޮންމެ ވަގުތެއްގައިވެސް އަދި ކޮންމެ ތަނެއްގައިވެސްމި ކަން ކޮށްލެވިދާނެ އެވެ. ސްޓްރެސް ކުޑަކުރުމަށް ގުދުރަތީ ހައްލަކަށް މި 7 އެކްސަސައިޒް ކޮށްލާށެވެ.
1. ޑީޕް ބްރީތިންގ ވިތް ކޮންސެންޓްރޭޝަން
އެންޒައިޓީ ފިލުވާލުމަށް އެންމެ އަވަސް އެއް ގޮތަކީ ހިފަހައްޓައިގެން ނޭވާލުމެވެ. ހަމަހިމޭން ތަނެއްގައި ދެ ލޯ މަރާލައިގެން ނޭފަތުން މަޑުމަޑުން އެތެރެއަށް ނޭވާލުމަށްފަހު އަނގައިން ނޭވާ މަޑުމަޑުން ބޭރުކޮށްލާށެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިތުގެ ވިންދު ދަށްވެ ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭނެއެވެ.
2- 5-4-3-2-1 މެތަޑް ބޭނުންކޮށްގެން ގްރައުންޑިން ކުރުން
މި މެތަޑުގެ ސަބަބުން ބޭކާރު ވިސްނުންތަކުން ދުރުކޮށްް ސިކުނޑީގެ ހަމަޖެހުން އަނބުރާލިބިދިނުމަށްް އެހީތެރިވެދެއެވެ. އެގޮތުން ތިމާގެ ވަށައިގެންވާ ތަންތަން އޮބްޒާވްކޮށް، ފެންނަ 5 އައިޓަމަކާއި، އަތްލެވޭ 4 އެއްޗެހި، އިވޭ 3 އަޑާއި، ދެނެގަނެވޭ 2 ވަހާއި، ދެނެގަނެވޭނެ 1 ރަހައެއް ދެނެގަންނާށެވެ. މި ސެންސަރީ އެކްޓިވިޓީގެ ސަބަބުން މިހާރުގެ ހާލަތަށް ސިކުނޑި އަބުރާލައި އެންޒައިޓީ ފިލުވައިދޭ ކަމެކެވެ.
3- ބޮޑީ ސްކޭން މެޑިޓޭޝަން
އަރާމު ގޮތަކަށް އޮށޯވެ ނުވަތަ އިށީންނާށެވެ. ދެލޯ މަރާލުމަށްފަހު ފައިގެ ބޮޑުވާ އިނގިލިން ފެށިގެން ބޮލާ ހަމައަށް ފޯކަސް ކޮށްލާށެވެ. އަދި ހަށިގަނޑުގެ ކޮންމެ ހިސާބެއް އިހުސާސް ކުރެވޭ ގޮތްތަކަށް ސަމާލުކަން ދޭށެވެ. ނުތަނަވަސްކަން އިހްސާސް ވާ ހިސާބުން މަޑުކޮށްލުމަށްފަހު ކޮންޓްރޯލްކޮށް ނޭވާލުމުން ބޮޑީގެ އެ ޕާޓްވެސް ރިލެކްސް ވާނެ އެވެ. މިކަމުގެ ސަބަބުން އެންޒައިޓީ އުފެދޭ ބިލްޓްއަޕް ސްޓްރެސް ދުރުކޮށްދެއެވެ.
4- މައިންޑްފުލް ވޯކިން
ކުރު ކޮށް ހިނގާލުމަކީ ވެސް ހަމަޖެހުން ގެނެސްދޭ ކަސްރަތެކެވެ. ތިބާގެ ޚިޔާލުތައް ދޮިމަދިމާލަށް ދިޔަނދިނުމުގެ ގޮތުން ފައި ބިމުގައި ޖެހޭ އިޙްސާސްތަކަށް ފޯކަސް ކޮށް ހިނގުމުގެ ބާރު މިނާއި، ހަށިގަނޑުގެ ހަރަކާތަށް ސަމާލުކަން ދޭށެވެ. ވޯކިން މެޑިޓޭޝަންގައި، ޖިސްމާނީ ގޮތުން އެންގޭޖްވުމުގެ ސަބަބުން ކަންބޮޑުވުންތަކުން ދުރުކޮށްދެ އެވެ.
5. ގައިޑެޑް އިމޭޖަރީ
ލޯ މަރާލުމަށްފަހު ތިބާއަށް ހިތްހަމަޖެހުމާއި ރައްކާތެރިކަންލިބޭ ތަނެއް ހިތައް އަރުވާލާށެވެ. އެއަށްފަހު އެތަނުގެ އަޑުތަކާއި، ވަސްތަކާއި، ކުލަތަކާއި އެތަނުގެ ތަފްސީލްތައް ހިތައް އަރުވާލާށެވެ. މި ނަފްސާނީ ތަސްވީރުގެ ސަބަބުން ސިކުނޑި އަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން އިހުސާސްކޮށް، ކަންބޮޑުވާ ޚިޔާލުތައް ކުޑަކޮށްދެއެވެ.
6- ޝުކުރުވެރިވުމުގެ ޕްރެކްޓިސް
އެންޒައިޓީ ގިނަފަހަރަށް އިތުރުވަނީ މައްސަލަތަކަށް ސަމާލުކަން ދިނުމުންނެވެ. ޝުކުރުވެރިކަމަށް ފޯކަސް ރީޑައިރެކްޓް ކުރުމުން މިކަން ކުޑަކުރެވިދާނެއެވެ. އެގޮތުން މިވަގުތު ޝުކުރުވެރިވާ 3 ކަމެއްގެ ލިސްޓެއް ހަދާށެވެ. އެއަށްފަހު އެކަންކަމާ ވިސްނާލާށެވެ.
7- އެއްކަމަކަށް ސަމާލުކަން ދިނުން
މަލްޓިޓަސްކިންގެ ސަބަބުން ސްޓްރެސް ލެވެލް އިތުރުވެއެވެ. އޭގެ ބަދަލުގައި އެއްކަމެއް އިޚްތިޔާރުކޮށް މުޅިން ވެސް އެކަމަށް ސަމާލުކަން ދޭށެވެ. މަސައްކަތާ ގުޅުންހުރި ތަފްޞީލުތަކާއި ޓެކްސްޗަރތަކާއި ހަރަކާތްތަކަށް ސަމާލުކަން ދޭށެވެ. މިކަމުގެ ސަބަބުން ޚިޔާލުތައް ހަމައަކަށް އަޅުވައި، ފަސޭހައިން ނޭވާލުމަށް މަގުފަހިކޮށްދެއެވެ.
އެންޒައިޓީއަށް މައިންޑްފުލްނެސް އިފެކްޓިވް ވަނީ ކީއްވެ؟
މި އެކްސަސައިޒް ގެ ސަބަބުން ކުރީގެ ވިސްނުންތަކުން މީހާ ދުރުކޮށް މީހާގެ ސިނކުޑި މީހާ ޥަސއިގެން ވާ ކަންކަމަށް ބަދަލުކޮށްލައެވެ. މި އެކްސަސައިޒް ގަވާއިދުން ޕްރެކްޓިސް ކުރުމުން ސިކުނޑި އަށް ހިތްހަމަޖެހުމާއި އެކު ސްޓްރެސްތައް ހޭންޑްލް ކޮށްދެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މައިޑްފުލްނެސް ޕްރެކްޓިސްގެ ކުޑަ މިންވަރަކުން ވެސް ސްޓްރެސްއާ ގުޅިފައިވާ ހޯމޯން ކަމަށްވާ ކޯޓިސޯލް ލެވެލް ދަށްކޮށް، ހަމަޖެހުމުގެ އިހުސާސް އުފައްދައިދެއެވެ.