އދ ގައި ނަތަންޔާހޫ ތަގްރީރުކުރަން ފެށުމާއެކު ގައުމު ތަކުގެ ވެރިން ޖަލްސާ ދޫކޮށް ނިކުންނަވައިފި

އދ. ގެ 80 ވަނަ އާންމު މަޖިލިހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގްރީރު ކުރަން ފެށުމާއެކު، ގިނަ ގައުމުތަކުގެ ވެރިންނާއި އޮފިޝަލުން ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފި އެވެ.

އދ. ގެ މެމްބަރު ގައުމުތަކުގެ ވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ގައުމުތަކުގެ ވެރިންނާއި މަންދޫބުން އާންމު މަޖިލިހުގެ ޖަލްސާ ދޫކޮށް އެތަނުން ނުކުމެފައި މިވަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ އަމަލު ކުއްވެރިކުރުމުގެ ގޮތުން އިސްރާއީލަށް މެސެޖެއް ދިނުމުގެ ގޮތުންކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

އދ ގެ އާންމު މަޖިލީހުގައި ނަތަންޔާހޫއަށް ތަގުރީރް ކުރަން ފުރުސަރު ދިނުމާވެސް ގިނަ ގައުމުތަކުގެ ވެރިން ދިޔައީ ދެކޮޅު ހަދަމުންނެވެ. މީގެ އިތުރުން މި ފަހަރުގެ އާންމު މަޖިލީހުގައި ފަލަސްތީނު ބައިވެރިވުމަށް އެމެރިކާއިން ހުރަސް އަޅާފައިވާތީވެސް އެމެރިކާ އަށާއި އިސްރާއީލަށް ގިނަ ފާޑުކިޔުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *