ފަތުރުވެރިންނަށް އަމާނަ ތަކަފުލްއިން ފޯރުކޮށްދެމުން އަންނަ އިންސްއަރެންސް އުރީދޫގެ އެމް-ފައިސާއިން ފޯރުކޮށްދިނުމަށްޓަކައި އުރީދޫގެ އެމް-ފައިސާ އާއި ފަތުރުވެރިން ޓްރެވަލްސް އާއިއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
"ފަތުރުވެރިން ޓްރެވަލްސް" އިންދަނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ދަތުރު ޕްލޭން ކޮށްދިނުމަގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފަތުރުވެރިން ޓްރެވަލަސް އާއި އެމް-ފައިސާއާއި ގުޅިގެން ގާއިމްކުރި ޕާޓްނާޝިޕްގެ ސަބަބުން ފަތުރުވެރިން ޓްރެވަލްސް މެދުވެރިކޮށް ދަތުރު ޕްލޭންކުރާ ކަސްޓަމަރުންނަށް އިންޝުރެންސް ހަމެޖިގެންދާނެ އެވެ.
އެމް-ފައިސާ އާއިއެކު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ޓްރެވަލް އިންސްރެންސް ނަންގަވާ ފަރާތްތަކަށް އެކްސިޑެންޓެއްގެ ސަބަބުން ނުކުޅެދުންތެރިކަމެއް ދިމާވުން ނުވަތަ ފުރާނަ ގެއްލޭ ފަދަ ހާދިސާތަކުގައި 771,000 ރުފިޔާ އާއި ހަމައަށް އިންޝުރެންސް ކަވަރުކޮށްދޭނެ އެވެ. އަދި މީގެ އިތުރުން ސިއްހީ ކުއްލި ހާލަތް ތކުގައި 1.5 މިލިއަން ރުފިޔާއާ ހަމައަށް ކަވަރެޖް ލިބޭނެ އެވެ.
މީގެ އިތުރުން ދަތުރުގެ ތެރޭގައި ޕާސްޕޯޓް ގެއްލުމާއި ބެގެޖް ގެއްލުން ނުވަތަ ކެންސެލޭޝަން އާއި ފްލައިޓް ޑިލޭ ވުމުގެ ސަބަބުން 12 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވާ ޓްރެވަލް ޑިލޭތަކާއި ކަނެކްޓިން ފްލައިޓް ނުވަތަ ޑިޕާޗާއަށް ގަޑިއަށް ނުދެވިއްޖެނަމަ ކޮމްޕެންސޭޝަން ވެސް ލިބޭނެ އެވެ.