އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތުގައި މަސްތުވާތަކެތި އެތެރެކޮށްދޭ މީހަކު އުމުރައް ޖަލަށް ލައިފި

އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަސްތުވާތަކެތި އެތެރެކޮށްދޭ މީހަކު އުމުރައް ޖަލަށް ލައިފި އެވެ.

މިމަހުގެ 25 ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ކ މާލެ ހ. ސެމޯއާ، އިސްމާއިލް ނައުފަލް މަސްތުވާތަކެއްޗާ އެކު މެލޭޝިއާ އިން ރާއްޖެ އައުމުން ހައްޔަރުކޮށްފައިވަނީ  18 ޑިސެމްބަރު 2023 ގައި އެވެ. އަދި ހުލކުމުގައިވގޮތުން އެ ދަތުރަކީ އޭނާ  ރާއްޖެއިން ބޭރަށްކުރިު 14 ވަނަ ދަތުރެވެ.

ހުކުމުގައިވާގޮތުން އޭނާގެ މައްޗަށް ފައިސާ އަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްދޭކަމުގެ ކުއް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމުގެ އިތުރުން 2،000،000 ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮސްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައިފަލް ހިފަހައްޓައި އޭނާގެ ލަގޭޖު ބަލައިފާސްކުރި އިރު އޭނާ ގެނައި ފޮއްޓެއްގެ ތެރެއިން 994 ގްރާމުގެ މެޓަމްފެޓަމިން ރެސިމެޓް (މެތު) ފެނުނު ކަމަށް ހުކުމުގައިވެ އެވެ. އަދި ފުލުހުންނާއި ކަސްޓަމްސް އާއި ހަވާލާދީ ހުކުމުގައި ބުނެފައިވާ ނައުފަލްފެ ފޮށިން ފެނުނު މަސްތުވާތަކެއްޗާ ގުޅޭ ގޮތުން ތަހުގީގު މަރުހަލާގައި އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ފޮށްޓަކީ އަައު ފޮށްޓަކަށްވާތީ އެ ފޮށިން ފެނުނު ތަކެއްޗަކީ ފޮށި ގަތްއިރު ވެސް އޭގައި ހުރި ތަކެތި ކަމަށްވެސް ބުނެފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *