ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް، ފެނަކަ ސައީދުގެ މައްޗައް ސާބިތުވާ ކަމަށް ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކޮށްފައިވާކަމަށްބުނެ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދުގެ މައްޗަށް ދައުލަތުން އުފުލި  ދައުވާ ސާބިތުވާ ކަމަށް ކޯޓުން ހުކުމްކޮށްފި އެވެ.

ފެނަކަ ސައީދުގެ މައްޗަށް މި ދައުވާ ދައުލަތުން އުފުލާފައިވަނީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.

މި މައްސަލާގައި ފެނަކަ ސައީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

ސައީދު ކުށްވެރިވާ ކަމަށް ކަނޑައެޅުމަށް ފަހު ދެން އޮންނާނީ އަދަބު ކަނޑައެޅުމުގެ އަޑުއެހުމެވ، މިއީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ ކުށެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *