ނައިފަރުގެ ބަނދަރު އަޕްގްރޭޑް ކުރަން އެމްޓީސީސީއާއި ހަވާލުކޮށްފި

ޅ ނައިފަރުގެ ބަނދަރު އަޕްގްރޭޑްކޮށް ތަރައްގީކުރަން ކުރަން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

ނައިފަރު ބަނދަރު އަޕްގްރޭޑްކުރުމާއި ތަރައްގީކުރުމުގެ އެެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އެމްޓީސީސިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީ އެވެ.

365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭގޮތަށް 47.5 މިލިއަން ރުރިޔާއަށް އެމްޓީސީސީއާއި ޙަވާލުކުރި މި މަޝްރޫޢުގެ ދަށުން 26,960 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ނެރު ފުންކުރުމާއި 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 182 މީޓަރުގެ ބޭރުތޮށިލުމާއި، 1,390 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *