ގޭސް ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫން 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ރާއީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ކަންކުރައްވާފައިވާ އަބްދުﷲ މައުމޫންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތުގެ 2 ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.

ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އަބްދުﷲ މައުމޫން ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އަބްދުﷲ މައުމޫންގެ މައްޗަށް ދައުލަތުން ޖުމްލަ 7 ދައުވާއެއް އުފުލާފައިވެއެވެ. ނަމަވެސް މިރޭ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އޭގެ ތެރެއިން 2 ދައުވާއެއް ސާބިތުވާކަމަށް ނިންމާފައެވެ.

އެހެންކަމުން އަބްދުﷲ މައުމޫންގެ މައްޗަށް ކޮންމެ ދައުވާއަކަށް 6 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލުހުކުމެއް ވަނީ ކޯޓުން އިއްވާފައެވެ. އެހެންކަމުން އޭނާގެ މައްޗަށް އިއްވި ޖަލުހުކުމުގެ ޖުމްލަ މުއްދަތަކީ 12 އަހަރާއި 9 މަހާއި 18 ދުވަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *