ސައުދީ އަރަބިއްޔާއިން ޓްރަމްޕްގެ ދަނބިދަރިފު ޖެރެޑް ކުޝްނަރ އާއި ގުޅިގެން 55 ބިލިއަން ޑޮލަރަށް އީއޭ ގޭމް ގަތުމުގެ މަސައްކަތް ފަށައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ފިރިކަލުން އަދި ޓްރަމްޕް ސަރުކާރުގެ ސީނިއަރ އެޑްވައިޒަރ ޖެރެޑް ކުޝްނަރ އާއި ސައޫދީ ސަރުކާރާއި އެހެން އިންވެސްޓަރުން ވަނީ މަޝްހޫރު ފްރެންޗައިޒްތައް ކަމަށްވާ ދަ ސިމްސް، މެޑެން އެންއެފްއެލް އަދި ބެޓްލްފީލްޑް ފަދަ މަޝްހޫރު ފްރެންޗައިޒްތައް އުފައްދައި ޕަބްލިޝްކުރާ ވީޑިއޯ ގޭމް ކުންފުނި 55 ބިލިއަން ޑޮލަރަށް ގަތުމަށް ހުށަހަޅާފައެވެ.
އިލެކްޓްރޯނިކް އާޓްސް (އީއޭ) އިން ބުނީ 2027 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އާއި ސިލްވަރ ލޭކް އަދި އެފިނިޓީ ޕާޓްނާސް އިން އީއޭ ގާެމްސް ގަންނަން ނިންމާފައިވާ ކަމަށެވެ. އެފިނިޓީ ޕާޓްނާސް އަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދޮށީ ދަރިކަނބަލުން އިވަންކާ ޓްރަމްޕާ ކައިވެނި ބައްލަވައިގެންނެވި ޖެރެޑް ކުޝްނަރ ގެ ކުންފުންޏެވެ.
އީއޭ އިން ބުނީ އެ ކުންފުނި ގަތުމުގެ މުއާމަލާތްތައް ނިމުމުން އީއޭގެ މައި އޮފީސް ހުންނަނީ ކެލިފޯނިއާގެ ރެޑްވުޑް ސިޓީގައި ކަމަށާއި އަދި މިހާރުވެސް އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުރި އެންޑްރޫ ވިލްސަން އެ މަގާމުގައި ދެމިހުންނާނެ ކަމަށެވެ.
މި މުއާމަލާތްތައް ކުރިއަށް ދާއިރު ގިނަ ބަޔަކު އިންތިޒާރުކުރާ އީއޭގެ ގޭމް ބެޓްލްފީލްޑް 6 އޮކްޓޯބަރު 10 ގައި ރިލީޒް ކުރަން ވަނީ ހަމަޖެހިފައެވެ.
އީއޭ އަށް ސައުދީން ޝައުގުވެރިވަނީ ކީއްވެގެން ހެއްޔެވެ؟
ސައުދީ އަރަބިއްޔާއިން އީއޭ ގަތުމަށް ނިންމި ނިންމުމަކީ ތެލުގެ އާމްދަނީގެ އިތުރުން ތަފާތު އިންވެސްޓްމަންޓްތައް ގެނައުމަށް އިއުލާނުކޮށްފައިވާ ސައުދީ ވިޝަން 2030 ގެ ބައެކެވެ.