މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާދާރުންގެ ފައިސާއަށް ވޭތިވެ ދިޔަ އަހަރުތަކުގައި ހިޔާނާތްތެރިވެފައިވާ މައްސަލަތައް ތަހުގީގުކޮށް އެފައިސާ އަނބުރާ ހޯދުމަށް އެދިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެކަން ހާމަކޮށް އެމްޓީސީސީ އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ވޭތިވެދިޔަ އަހަރުތަކުގައި އެކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާކަން އެކުންފުނީގެ އޮޑިޓް ރިޕޯޓް ތަކުން ފެންނަން އެބައޮތް ކަމަށެވެ.
އެކުންފުންޏަކީ އާންމުން ހިއްސާވާ ކުންފުންޏަކަށްވާތީ، ހިއްސާދާރުންގެ ފައިސާ އެފަރާތްތަކަށް ހޯދައިދިނުމަށްޓަކައި އެކަން ތަހުގީގުކޮށް އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް ތަހުގީގުކުރާ ފަރާތްތަކަށް އަންގާފައިވާ ކަމަށްވެސް އެ ކުންފުނީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
އަދި އެކަންކަން ތަހުގީގުކުރުމުގައި އެކުންފުނިން ތަހުގީގު އިދާރާތަކަށް ފިރިހަމަ އެއްބާރުލުން ދެމުންގެންދާނެކަމަށްވެސް ބުނެފައިވެއެވެ.
އެމްޓީސީސީ އަކީ ރަތްޔިތުންގެ ހިއްސާ އާއެކު އުފައްދާފައުިވާ ކުންފުންޏެކެވެ