އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓިން އެރީނާގެ ބިންގާ އަޅައިފި

މާލޭ ދެކުނު ފަރާތު އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓިން އެރީނާގެ ބިންގާ އަޅައިފި އެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއި ހަވާލުކޮށްގެން ސްޕޯރޓްސް މިނިސްޓްރީން ތަރައްގީކުރާ މި ސްޕޯރޓްސް އެރީނާގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯރޓްސް މިނިސްޓަރ އަބްދުﷲ ރާފިއު އެވެ.

އުސްފަސްގަނޑު ސަރަހައްދުގައި ޤާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫޢުއެއް ކަމަށާއި މި އެރީނާއަކީ ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު މަސައްކަތަކެއް ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި އެރީނާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ސްކޭޓްގެ ކުޅިވަރުން ކުރިއަށްދިޔުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް  ފަހިވެގެންދާނެ ކަމަށްވެސް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *