އުމުރާގެ އަޅުކަމަށް ސައުދީއަށް ދިއުމަށް ހާއްސަ ވިސާއެއް ނަގަންނުޖެހޭ ގޮތައް ހަމަޖައްސައިފި އެވެ.
އެ ގައުމުގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ބުނީ ސައްހަ ވިސާއެއްގައި ސައޫދީ އަރަބިއްޔާއަށް އެތެރެވާ ކޮންމެ މުސްލިމަކަށް ވެސް އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން އެ ގައުމުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ގައުމުގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން އެކްސް ގައި ކޮސްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އެގައުމަށް ޒިޔާރަތްކޮށް އުމްރާގެ އަޅުކަން އަދާކުރަން ގަސްތުކުރަންތޯއާއި، މިހާރު ކޮންމެ ވިސާއެއްގައި އަޔަސް އުމްރާކުރެވޭނެ ކަމަށެވެ. އަދި ﷲ ގެ މެހެމާނުންނަށް އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކޮށްދިނުމަށް، ހުރިހާ ވިސާ ހޯލްޑަރުންނަށް އުމްރާގެ އަޅުކަން ކުރުމުގެ ހުއްދަ މިހާރު އޮންނާނެ ކަމަށާއި، އޭގެ ތެރޭގައި އަމިއްލަ، އާއިލާގެ މީހުންނާ ބައްދަލުކޮށްލަން ކުރާ ދަތުރުތަކަށް ނަގާ ޕާސަނަލް ވިސާ، ޓްރާންސިޓް ނުވަތަ ސްޓޮޕްއޯވާ ވިސާ، ވޯކް ވިސާ، ޓޫރިސްޓް އީ-ވިސާ އަދި އެނޫން ހުރިހާ ވިސާއެއް އޮންނަ މީހުން ވެސް ހިމެނޭ، ކަމަށެވެ.
އެހެންކަމުން އެގައުމަށް އެތެރެވުމަށް ފަހު "ނުސުކް" އުމްރާ ޕްލެޓްފޯމުން، އެ މީހަކު ބޭނުންވާ ޕެކޭޖެއް ނެގުމާ އެކު ވަގުތުން އުމްރާ ވިސާ ލިބޭނެ ކަމަށާއި، އޭރުން އުމްރާގެ އަޅުކަމުގެ ހުރިހާ ކަމެއް ފަސޭހަކަމާ އެކު ކުރެވޭނެ ގޮތްތައް ހަމަޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
advertisment
advertisment