ސެޕްޓެމްބަރު މަހު ދައުލަތަށް 3 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނު: މީރާ

ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި ދައުލަތަށް 3.01 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން ހާމަކޮށްފައިވާ މިދިޔަ ސެޕްޓެމްބަރު މަހުގެ އާމްދަނީ ހިސާބުތަކުން ދައްކާ ގޮތުން އާމްދަނީ އެންމެ ބޮޑަށް އިތުރެވެފައިވަނީ ޖީއެސްޓީއާއި، ޓޫރިޒަމްގެ ބިމު ކުއްޔާއި، ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކްސް އާއި ފީތަކުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. އަދި ޓޫރިޒަމް ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިތުރުވެފައެވެ.

މިދިޔަ މަހު ލިބިފައިވާ އާމްދަނީގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ 1.2 ބިލިއަން ރުފިޔާ އާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 507 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެއިތުރުން، ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 404 މިލިއަން ރުފިޔާ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 204 މިލިއަން ރުފިޔާ އާއި، ޑިޕާޗާ ޓެކްސްގެ ގޮތުގައި 199 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 195.7 މިލިއަން ރުފިޔާ ވަނީ ލިބިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *