ފުޓްބޯޅައިގެ ދުނިޔޭގެ މައި އިދާރާ (ފީފާ)ގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރަކަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ހަމަޖައްސަވައިފިއެވެ.
އެ ކޮމެޓީގެ 2025-2027 ގެ ދައުރުގެ މެންބަރުކަމަށް ޓޮމް ހަމަޖައްސާފައިވާއިރު މިއީ ފުޓްބޯޅައިގެ ދުނިޔޭގެ މައިދާރާގެ މި ފެންވަރުގެ މަޤާމަކަށް ދިއްވެއްސަކު ހަޖެއްސި ފުރަތަމަ ފަހަރެވެ.
މިއީ ދިވެއްސަކު ފީފާގެ އެޑްވައިޒަރީ ކޮމިޓީއަކަށް އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީ އަކީ ފުޓްބޯޅައިގެ ޓެކްނިކަލް މިންގަނޑުތައް އެކުލަވާލާ ކޮމިޓީއެކެވެ.