ހުޅުމާލޭގައި ހުންނަ ހުންނަ "ކޮބަ ކަބާނާ" ރެސްޓޯރެންޓުން ޚިދުމަތް ހޯދާ ފަރާތްތަކަށް އައިފޯން 17 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 200 ރުފިޔާއިން މަތިން ޚިދުމަތް ހޯދާ ފަރާތްތަކަށެވެ. މި ޕްރަމޯޝަންގެ ދަށުން އެ ރެސްޓޯރެންޓުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން 200 ރުފިޔާއިން މަތިން ހިދުމަތް ހޯދާ ފަރާތްތަކަށް ކޫޕަނެއް ލިބޭނެއެވެ. ނަސީބުވެރިޔާ ހޮވާނީ ގުރުއަތުންނެވެ. މިމަހު ފެށި މި ޕްރަމޯޝަން ކުރިއަށްދާނީ އަންނަ އަހަރު ޖެނުއަރީ މަހުގެ ނިޔަލަށެވެ.
މީގެއިތުރުން އެ ރެސްޓޯރެންޓްގެ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކޮށްގެން އެޕަލް އައަރޕޮޑް 4 ހޯދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. މި ޕްރަމޯޝަންގައި ބައިވެރިވުމަށް ކޮބަ ކަބާނާގެ އިންސްޓަގްރާމް އެކައުންޓް ފޮލޯކޮށް 3 ރައްޓެހިން ޓެކްކޮށް ޝެއާރކޮށްލުމުން ޕްރަމޯޝަންގައި ބައިވެރިވެވުނީއެވެ. މި ޕްރަމޯޝަންވެސް ކުރިއަށްދާނީ މިމަހުން ފެށިގެން އަންނަ އަހަރު ޖެނުއަރީގެ ނިޔަލަށެވެ.
ކޮބަ ކަބާނާ ރެސްޓޯރެންޓަކީ ހުޅުމާލޭގައި ހުންނަ އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓެވެ. އާއިލާއާއި ރައްްޓެހިންނާއެކު ހިތްގައިމު މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކަބާނާ ރެސްޓޯރެންޓަކީ އެންމެ ރަނގަޅު ޗޮއިސްއެވެ. ހުޅުމާލޭ ކާނިމަގު ނުވަތަ ބީޗް ފަޅީގައި ހުންނަ މި ރެސްޓޯރެންޓަކީ ދިވެހިންގެ އިތުރުން ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލް ރެސްޓޯރެންޓެކެވެ. މިރެސްޓޯރެންޓްގެ އެންމެ މަޤްބޫލް ކެއުންތަކުގެ ތެރޭގައި އިންޑިއަން، ޗައިނީޒް، އަރަބި އަދި ޔޫރަޕްގެ ކެއުންތައް ހިމެނެއެވެ.
މި ރެސްޓޯރެންޓްގެ އެންމެ "ސަޅި" ކަމަކީ ކާއެއްޗެހީގެ ރަހަ މީރުވެފައި ކޮލިޓީ ރަނގަޅުވުމެވެ. އަދި ކަސްޓަމަރުންނަށް އަދާކުރާ މެހެމާންދާރީ އަކީވެސް މިތަން ޚާއްސަވާ އެއް ސަބަބެވެ. އެހެންކަމުން ކަބާނާ މިހާރުވެފައިވަނީ ހުޅުމާލޭގައި ހުންނަ ރެސްޓޯރެންޓްތަކުގެ ތެރެއިން ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލް ރެސްޓޯރެންޓަށްވެފައެވެ. ކައިވެނި ޕާޓީތަކާއި އުފަންދުވަހުގެ ޕާޓީތަކާއި މީޓިންތައް ބޭއްވުމަށްވެސް މި ރެސްޓޯރެންޓަކީ ހަމަ އެއްވަނަ އެވެ.