ގައުމުތަކުގެ ލީޑަރުން ސަމިޓް ބޮއިކޮޓްކުރާނެކަން އެންގުމުން ނަތަންޔާހޫގެ ދަތުރު ކެންސަލް ކޮށްފި

ޣައްޒާގެ ސުލްހަ ކަށަވަރުކުރުމަށް ގައުމުތަކުގެ ލީޑަރުން އިސްނަގައިގެން މިސްރުގެ ޝަރުމުއްޝައިޚްގައި ބާއްވާ ޣައްޒާގެ ސުލްހައިގެ ސަމިޓުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިވެރިވާނަމަ ސަމިޓްގައި ބައިވެރިނުވާނެކަމަށް ގައުމުތަކުގެ ލީޑަރުން އެންގުމުން ނަތަންޔާ ސަމިޓްގައި ބައިވެރިވުމަށް މިޝްރަށް ކުރަން ހަމަޖެހިފައިވާ ދަތުރު ކެންސަލް ކޮށްފި އެވެ.

ބައިވެރިވާން އެއްބަސްކުރުވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރެއްވި ނަމަވެސް ސަމިޓުގެ އެހެން ލީޑަރުން އެކަމާ ދެކޮޅުހަދައި ނަތަންޔާހޫ ސަމިޓުން ބޭރުކޮށްފި އެވެ.

ސަމިޓުގައި ނަތަންޔާހޫ ބައިވެރިވުމަށް މިޝްރަށް ދާން ނިންމީ އެމެރިކާގެ ރައީސް ޓްރަމްޕް އާއި މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ އެދު މުގެ މަތިންކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ.

ނަމަވެސް  އެހެން ގައުމުތަކުގެ ލީޑަރުން އެކަމާ ދެކޮޅު ހެއްދެވުމުން ސަމިޓުގައި ބައިވެރި ނުވާން ނަތަންޔާހޫ ނިންމެވީއެވެ. އެގޮތުން ނަތަންޔާހޫ ބައިވެރި ނުވާނެކަން ކަޝަވަރުވުމުން ނޫނީ ތުރުކީގެ ރައީސް މިޝްރަށް ދަތުރުކުރެއްވި ފްލައިޓް މިޝްރަށް ނުދާން ނިންމައި މަތީގައި ދަތުރުކުރެއްވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ގިނަ ލީޑަރުން ދެކޮޅު ހެއްދެވި މައިގަނޑު އެއް ސަބަބެއް ކަމުގައި މީޑިއާތަކުގައި ބުނެފައިވަނީ ސަމިޓްގެ ބައިވެރިންގެ ފޮޓޯގައި ނަތަންޔާހޫ ފެންނަން ބޭނުން ނުވުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *