ށ. ފުނަދޫގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރަން ނޫރައްދީން އިންވެސްޓްމަންޓާއި ހަވާލުކޮށްފި އެވެ.
ށ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ފުނަދުއަށް ވަޑައިގެން ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. ނޫރައްދީން އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު ޒުރައިރަތު އާދަމެވެ.
މި އެއްބަސްވުމުގެ ދަށުން އިސްލާމީ މަރުކަޒުގައި ނަމާދުކުރާ ބައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއް ހިމެނޭނެ އެވެ. އަދި ސޯލާ ހަރުކުރެވި، އޭސީ ވެސް ކުރުމަށް ވަނީ ހިމަނާފައެވެ.