މާލެއިން ފުރައިގެން އެރިއަދުއަށް ދަތުރުކުރަނިކޮށް ބަންޑުންޖަހާލި ކޮޅުވެއްޓީގައިހުރި ބައެއް ތަކެތި އޮޔާދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން މޯލްޑިވްސް ނެޝަނަލް ޑިފެންސްޕޯސް (އެއމްއެންޑީއެފް) އިން އެދެފި އެވެ.
އެމްއެންޑީއެފް ގެ މީޑިއާއިން ް ބުނެފައިވަނީ ކ.ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި އަޑިއަށްގޮސް އުޅަނދުގެ ބައެއްތަކެތި އޮޔާދާތީވެ، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށް ކަމަށާއި، މި ސަރަހައްދުން ދަތުރު ކުރައްވާ ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރާ ކަމަށްވެސް ބުނެފައި ވެއެވެ.
މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުތުރުކުރަމުންދިޔަ "އަލްމާކް-ފިޔަ" ކިޔާ ލޭންޑިންގ ކްރާފްޓް ބަންޑުންޖާހާލައި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން 2 މީހަކު އަދިވެސް ފެނިފައިނުވާއިރު އޭގެ ތެރެއިން އެކަކުގެ ހަށިގަނޑު ކަނޑުގެ އަޑިން ނަގާފައިވާކަމަށް އެމްއެންޑީއއެފް އިން ވަނީ ބުނެފައެވެ.