ދިވެހިންނަކީ ހޭލުންތެރި ތަންދޮރު ދަންނަ ބައެއް، ކޮންކްރީޓަކީ ތަރައްގީއެއް ނޫން، ކޮންކްރީޓް މަޝްރޫއުތައް 5 އަހަރަށް މަޑުޖައްސާލަންޖެހޭ: ރައީސް ނަޝީދު

ދިވެހިންނަކީ ހޭލުންތެރި ތަންދޮރު ދަންނަ ބައެއްކަމަށާއި، ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހަތަރު ފަސް އަހަރަށް މަޑުޖައްސާލަންޖެހޭ ކަމަށް  ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވާނީ "އިހަށް މަޑުކޮށްލާ" ކަމަށާއި، އަދި ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިގަންނަވާ ރައީސެއްގެ ވައުދަކަށް ވާންވީވެސް "މަޑުޖެހިލާން" ކަމަށެވެ.

އެމަނިކުފާނުގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ ކޮންކްރީޓަކީ ތަރައްގީނޫން ކަމަށާއި، ގިނަފަހަރު ކޮންކްރީޓަކީ ދަރަނި ކަމަށާއި، ރައްޔޮިތުންގެ ތަނަވަސްކަން އިތުރުވާނީ ބަޖެޓުން ބާކީ ކުރެވި، ދަރަނި ކުޑަކުރެވި، ރިޒާވް އިތުރުކުރެވިގެން ކަމަށެވެ.

އަދި ދިވެހިންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް ކަމަށާއި، ވާން މިދާ ގޮތް، އަދި އެމަނިކުފާނު އެ ވިދާޅުވާ ވާހަކަ ދިވެހިންނަށް ސާފުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *