އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު ރާއްޖެއިން މުގުރާލައިފި އެވެ.
މި ރެކޯޑް މުގުރާލައި އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައި, ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދާފައިވަނީ ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގުޅިގެން ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ "ބާނި" ހަރަކާތުގައި އެއްފަހަރާ 623 މީހުން ފީނައިގެންނެވެ.
މި ހަރަކާތަށް ފަހު ވަނީ ރެކޯޑް ގާއިމްކުރުމުގެ ހަނދާނީ ފިލާ ގިނީސް ވޯލްޑް ރެކޯޑްގެ ފަރާތުން ހަވާލުކޮށްފައެވެ. އެގޮތުން އެ ފިލާ ވީއެމްސީ އާއި ހަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ރާއްޖެއަށް ވަޑައިގެން ހުންނެވި މަންދޫބެވެ..
މި ހަރަކާތުގައި 13 ރަށަކާއި 15 ރިސޯޓަކުން މީހުން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގައި ބައިވެރިވި މީހުންގެ ތެރޭގައި ރިސޯޓު މުވައްޒަފުންނާއި، ފަތުރުވެރިންނާއި އެ އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު ހިމެނެ އެވެ.