ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިއްޖެ

ލޭންޑިންގ ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލުނު 3 މީހުންގެ ތެރެއިން އެންމެ ފަހު މީހާގެ ހަށިގަނޑު ފެނިފައިވަނީ އާއިލާފުށްޓާއި ވިލާ ނޯޓިކާއާ ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ.

މީގެ ކުރިން ވަނީ ގެއްލުނު 3 މީހުންގެ ތެރެއިން 2 މީހުންގެ ހަށިގަނޑު ކޯސްޓްގާޑްގެ ޑައިވަރުން ކަނޑުގެ އަޑިން ހޯދާފައެވެ. ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ގެއްލުނީ ދިވެއްސަކާއި އިންޑިއާ މީހަކާއި ސްރީ ލަންކާ މީހެކެވެ. އޮޔާ ދަނިކޮށް ރޭ ފެނުނީ ލަންކާމީހާގެ ހަށިގަނޑެވެ.

އެ ހާދިސާގައި ނިޔާވި ދިވެހި މީހާ އަކީ ގއ.ދާންދުއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ މީހެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *