ކުއްޖަކަށް 3000 ރުފިޔާގެ މަގުން، އެކަނިވެރި މައިންގެ އެލަވަންސް އަންނަ އަހަރު ބޮޑުކުރަން ނިންމައިފި

ކުއްޖަކަށް 3000 ރުފިޔާގެ މަގުން، އެކަނިވެރިމައިންގެ އެލަވަންސް އަންނަ އަހަރު ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް ޑރ މުއިއްޒު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ގަމަށް ވަޑައިގެން ރޭ އެރަށުގެ ރަތްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެކަނިވެރިމައިންގެ އެލަވަންސް އަންނަ އަހަރުން ފެށިގެން 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަމަށެވެ.

އަދި އަންނަ އަހަރުން ފެށިގެން އެކަނިވެރިމައިންނަށް ދޭ އެލަވަންސް ކުއްޖަކަށް  3000 ރުފިޔާގެ މަގުން ބޮޑުކުރަން ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް މިހާރު މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދަކީ 10،000 ރުފިޔާއެވެ. އަދި ކޮންމެ ކުއްޖަކަށް ދޭ އިނާޔަތުގެ ނިސްބަތަކީ 1،000 ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *