ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވައިޑައިގެންފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފީފާގެ ރައީސަށް މަރުޚަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރ ޠާރިޤް އިބްރާހިމް އާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސްގެ ރައީސް އަޙްމަދު ޠާރިގް އާއި ފީފާގެ ރީޖަނަލް އޮފީހެ ވެރިޔާ ޕްރިންސް ރޫފަސްގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތަލާލްއެވެ.
އެފްއޭއެމްގެ ރައީސް ޠާރިޤްގެ ދައުވަތަކަށް ފީފާގެ ރައީސް ރާއްޖެއަށް ކުރައްވާ 2 ދުވަހުގެ މި ދަތުރުގައި މިއަދު ހަވީރު ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ފުޓްބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައިވެ އެވެ. އެފްއޭމުން ބުނީ އިންފަންޓީނޯގެ ދަތުރުގެ ތެރެއިން ރައީސް މުއިއްޒާއި ބައްދަލުކުރައްވައި ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުގެ އާ ރައީސް އަހުމަދު ތޯރިގާއި އޭނާގެ ޓީމުން ކުރައްވާ މަސައްކަތްތައް އުމުރުން 55 އަހަރުގެ އިންފަންޓީނޯބެއްލެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
advertisment
advertisment