ތައިލެންޑާއި މެލޭޝިއާއަށް މޯލްޑިވިއަންގެ އަގުހެޔޮ ދަތުރުތަކެއް ބާއްވަން ހަމަޖައައްސައި ޓިކެޓް ވިއްކަން ފަށައިފި އެވެ،
މި ދަތުރު ތަކުގެ ތެރެއިން މޯލްޑިވިއަނުން މެލޭޝިއާގެ ކުއާލަ ލަންޕޫރަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގަކީ 112 ޑޮލަރެވެ. އަދި މި ފެއާގެ ދަށުން މެލޭޝިއާ-މާލެ ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ މިއަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހާއި 28 ވަނަ ދުވަހަށެވެ.
އަދި މޯލްޑިވިއަނުން ތައިލެންޑްގެ ބެންކޮކް އަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގަކީ 150 ޑޮލަރެވެ. އަދި މި ފެއާގެ ދަށުން ބެންކޮކް-މާލެ ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ މިއަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހާއި 30 ވަނަ ދުވަހަށެވެ.
advertisment
advertisment