އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ފޭދޫ ރައްޔިތުން ނިންމައިފި އެވެ.
އައްޑޫ ސިޓީ ގެ ދަށުގައި އޮތް ހުޅުދުއާއި މީދޫ އަދި ފޭދޫ އައްޑޫ ސިޓީކައުންސިލުން ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ބޭނުންތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި ފޭސޫ ރައްޔިތުން ނިންމާފައިވަނީ ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށެވެ. އަދި ހުޅުދޫ އާއި މީދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީން ވަކިވެ ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ.
މިއަދުގެ ވޯޓުގައި ފޭދޫން ވޯޓްލީ ފަރާތްތަކުގެ ތެރެއިން ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،782 މީހަކު ވޯޓު ދީފައިވާއިރު، ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދިނީ 615 މީހުންނެވެ.
މި ވޯޓުގައި ފޭދޫން ވޯޓް ލެވޭ އާބާދީގެ 55.43 ޕަސެންޓު މީހުން ވޯޓުލާފައިވެއެވެ.
advertisment
advertisment