ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް 1.7 ބިލިޔަން ރުފިޔާ ލިބިއްޖެ: ފިނޭންސް މިނިސްޓްރީ

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް 1.7 ބިލިޔަން ރުފިޔާ ލިބިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް ތ=ރިޕޯޓުންް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާއި އަޅާ ބަލާއިރު 105 އިންސައްތަ އިތުރު އަދަދެކެވެ.

2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނަގަމުން އަން މި ޓެކުހަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ތަޢާރަފްކޮށްގެން ނަގަމުން އަން ޓެކުހެކެވެ. ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން މި ޓެކްސް ދަނީ ނަގަމުންނެވެ. އެގޮތުން ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ޓޫރިސްޓެއްގެ އަތުން 12 ޑޮލަރު އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ޓުރިސްޓުންގެ އަތުން 6 ޑޮލަރު ދަނީ ނަގަމުންނެވެ.

އެގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުހައި ދައުލަތަށް 1.7 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 834 މިލިޔަން ރުފިޔާ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *