ޕްރިމިއާ ލީގުގެ މެޗްތަކުން ބަލިވަމުންއައި ލިވަޕޫލް ކްރިސްޓަލް ޕެލަސް އަތުން ބަލިވެ ލީގު ކަޕުން ކަޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުން ބަލިވަމުންއައި ލިވަޕޫލް ކްރިސްޓަލް ޕެލަސް އަތުން ބަލިވެ އިނގިރޭސި ލީގު ކަޕުން ކަޓައިފި އެވެ.

ލީގު ކަޕްން ލިވަޕޫލް ކަޓާފައިވަނީ އެ މުބާރާތުގެ ގަދަ 16 ގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެންނެވެ.

ރޭގެ މެޗުގައި ކްރިސްޓަލް ޕެލަސް އިން ކާމިޔާބުކުރި ފުރަތަމަ ގޯލަކީ ޒުވާން ޑިފެންޑަރު ޖޯ ގޯމޭޒް އަށް ހެދުނު ގޯހެއްގެ ސަބަބުން ކްރިސްޓަލް ޕެލަސްގެއިސްމާއިލް ސާރ އަށް ކާމިޔާބުކުރެވުނު ގޯލެވެ. އަދި ކްރިސްޓަލް ޕެލަސްގެ ދެވަނަ ގޯލަކީ ކީވެސް ލިވަޕޫލްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ސަބަބުން ޖަހާފައިވާ ގޯލެކެވެ.

މި މެޗުގައި ކްރިސްޓަލް ޕެލަސް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 88 ވަނަ މިނިޓުގައި ޔެރެމީ ޕިނޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި މެޗް ގައި ލިވަޕޫލުގެ ޒުވާން ޑިފެންޑަރ އަމަރާ ނަލޯ އަށް ވަނީ މި މެޗްގެ ފަހު ހާފު ނިމެން ކައިރިވެފައިވނިކޮށް ރަތްކާޑް ދައްކާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *