ރާއްޖެއާއި ލަންކާ އާއި ދެމެދު މުދާ ފެރީގެ ދަތުރު ފެށުމުގެ މަޝްވަރާތައް ފަށައިފި

ދިވެހި ރާއްޖެއާއި ސްރީލަންކާ އާއި ދެމެދު މުދާ ފެރީގެ ދަތުރު ފެށުމުގެ މަޝްވަރާތައް ފަށާފައިވާކަމަށް ބުނެފި އެވެ.

ލަންކާގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ކަމުގެ މަޝްވަރާތްއް ފުރަތަމަ ފަށާފައިވަނީ އެގައުމުގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ މިއަހަރުގެ ޖުލައިމަހު ރާއްޖެއަށްކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އަންނަ ޑިސެމްބަރު މަހު ސްރީލަންކާއަށް ކުރެއްވުމަށް ރާއްވަވަމުންގެންދަވާ ދަތުރުފުޅުގައި އެކަމުގެ ފައިނަލް މަޝްވަރާތައް ނިންމައި އެއްބަސްވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ބުނެފައި ވެއެވެ.

ސްރީލަންކާ އަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ބޭނުންކުރާ ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާ އެއާފްރައިޮޓްކޮށް ގެންނަ އެއް ގައުމެވެ. އެހެންކަމުން ކަނޑުމަގުން ފެރީގެ ނިޒާމަކުން އެބާވަތްތައް ސްރީލާންކާއިން އެތެރެކުރެވޭނެ މަގުފަހިވުމަކީ އެކަމުގެ ފައިދާ ރާއްޖެއަށް އެތައްގުނައެއް އިތުރުވާނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *