ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި މަސްބޯޓެއް ލަންކާގެ އަތުލައިގެންފި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، 300 ކިލޯއަށް ވުރެ ގިނަ ޑްރަގު ބަރުކޮށްގެން ދިޔަ މަސް ބޯޓެއް ސްރީ ލަންކާ އިން އަތުލައިގެންފި އެވެ.
ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި "ސީދޭވީ" ކިޔާ ލަންކާގެ މަސްބޯއްޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަތުވާތަކެތި ބަރުކޮށްގެން އަންނަ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނުގައި ބޯޓު އަތުލައިގަނެ ފާސްކުރި އިރު 250 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ.
ލަންކާގެ ފުލުހުން ބުނެފައިވަނީ މި ބޯޓުގެ މައުލޫމާތު ލިބުނީ އެ އުޅަނދުގެ ވެރިފަރާތް ހައްޔަރުކުރުމަށް ފަހު ހިންގި ތަހުގީގެއްގެ ތެރެއިންނެވެ. ލަންކާ ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ތަކެތި އެތެރެކުރަން އުޅުނު ޑްރަގު ނެޓްވޯކުގެ ބޮޑަކީ ދުބާއީގައި އުޅޭ "ދިނުކާ" ކިޔާ މީހެކެވެ.
advertisment
advertisment