ސަރުކާރުގެ ބަޖެޓުން ހިންގާ 2 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލުކުރަން ފަށައިފި

ސަރުކާރުގެ ބަޖެޓުން ހިންގާ 2 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލުކުރަން ފަށައިފި އެވެ.

އަމިއްލަ ކުންފުނިތކާ ޕީއެސްއައިޕީ މަޝްރޫއުތައް ހަވާލުކުރަން ފެށުމުގެ ގޮތުން މިއަދުގެ ހެނދުނު ބާސެލޯ ނަސަންދުރާ ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އެވެ.

ސަރުކާރުން އަމިއްލަ ކުންފުނިތަކާ އަލުން މަޝްރޫއުތައް ހަވާލު ކުރަން ފެށުމާ އެކު މިއަދު އަމިއްލަ 53 ކުންފުންޏަކާ މަޝްރޫއުަތއް ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ

  1. އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ 13 މަޝްރޫއު: 997.3 މިލިއަން ރުފިޔާ\
  2. އެޑިއުކޭޝަން މިނިސްޓްރީގެ 26 މަޝްރޫއު: 397.2 މިލިއަން ރުފިޔާ
  3. ޓޫރިޒަމް/އެންވަރަމެންޓު މިނިސްޓްރީގެ 24 މަޝްރޫއު: 204.2 މިލިއަން ރުފިޔާ
  4. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ 39 މަޝްރޫއު: 114.9 މިލިއަން ރުފިޔާ
  5. ހެލްތު މިނިސްޓްރީގެ 30 މަޝްރޫއު: 312.2 މިލިއަން ރުފިޔާ
  6. ފިޝަރީޒް މިނިސްޓްރީގެ 2 މަޝްރޫއު: 131.8 މިލިއަން ރުފިޔާ
  7. އިސްލާމް މިނިސްޓްރީގެ 14 މަޝްރޫއު: 196.4 މިލިއަން ރުފިޔާ
  8. ސްޕޯޓްސް މިނިސްޓްރީގެ 52 މަޝްރޫއު: 197.2 މިލިއަން ރުފިޔާ
  9. ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 5 މަޝްރޫއު: 114.5 މިލިއަން ރުފިޔާ
  10. ޔޫތު މިނިސްޓްރީގެ 1 މަޝްރޫއު: 40 މިލިއަން ރުފިޔާ

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *