ޑިފޯލްޓް ކުރުމަށް ޑިޒައިންކޮށްފައި އޮތް އިގްތިސާދެއް ނަގައި ކޮޅަށްޖަހައިފިން: ރައީސް ޑރ މުއިއްޒު

ޑިފޯލްޓް ކުރުމަށް ޑިޒައިންކޮށްފައި އޮތް އިގްތިސާދެއް ނަގައި ކޮޅަށްޖަހައިދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓުން ހިންގުމށް ހަމަޖެހިފައިވާ 2.7 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަސްރޫއުތައް އަމިއަލް ކުންފުނިތަކާއި ހަވާލުކުރުމަށް މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ މިއީ ރާއްޖޭގެ ތާއީޚުގައި ދިވެހި ރައްޔިތުންގެ އަމިއްލަ ކުންފުނިތަކާ އެންމެ ގިނަ މަޝްރޫއުތައް ހަވާލުކުރެވުނު ތާރީޚީ ދުވަހެއް ކަމަށާއި މިއީ ރާއްޖޭގެ އިގްތިސާދު ރަނގަޅު މިސްރާބަކަށްދާ ކަމުގެ ހެއްކެއް ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފަނު ވިދާޅުވީ މި މަޝްރޫއުތައް ހަވާލުކުރެވުނީ ޑިފޯލްޓްކުރުމަށް ޑިޒައިންކޮށްފައި އޮތް އިގްތިސާދެއް ނަގައި ކޮޅަށް ޖަހައި، ކުންފުނިތަކުގެ އިތުބާރު ސަރުކާރާއި އިގްތިސާދަށް ލިބިގެން ކަމަށެވެ،

އެގޮތުން މިއަދު 153 ޕްރައިވެޓް ކުންފުންޏަކާ އެކި ދާއިރާތަކުން މަޝްރޫއުތައް ހަވާލު ކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ނަތީޖާއަކަށް ވެގެނދާނީ ރާއްޖެގެ ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރައި، އިގްތިސާދު ކުރިއެރުން ކަމަށެވެ. އަދި ކުރިއަށްއޮތްތާނގައިވެސް އަމިއްލަ ކުންފުނިތަކާ އެކި މަޝްރޫއުތައް ހަވާލުކޮށް، ރާއްޖޭގެ އާންމު ފަރުދުން މުއްސަނދި ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *