ބަންޑުންޖަހާލި ކޮޅުވެއްޓީގެ ކައްޕިތާނަކީ ކޮޅުވެއްޓި ދުއްވުމުގެ ލައިސަންސް ނެތް މީހެއް: އެމްޕީއެލް

ބަންޑުންޖަހާލި ކޮޅުވެއްޓީގެ ކައްޕިތާނަކީ ކޮޅުވެއްޓި ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ހާދިސާ އާއިގުޅިގެން ތައްޔާރުކޮސްފައިވާ އިބްތިދާއީ ރިޕޯޓްގައި ބުނެފި އެވެ.

އެ ރިޕޮޓުގައި ބުނެފައިވަނީ އެމްޕީއެލް ސަރަހައްދުގެ ބޭރުގައި އޮތް ބޯޓަކުން "އެމްވީ ސެލެސްޓިއާ" ކިޔާ ކޮޅުވެއްޓިއަކަށް މިމަހުގެ 2 ވަނަ ދުވަހު 2 އެކްސްކަވޭޓަރ ބަރުކުރުމުގެ ތެރޭގައި ބަންޑުންޖަހާލާފައިވާ ކަމަށް ބެލެވޭ ސަބަބު ތަކުގެ ތެރޭގައި

  • 2 އެކްސްކެވޭޓަރ އެރުވުމަށް މުދާ އެތެރެކުރި ފަރާތުން ހަމަޖެއްސި ކޮޅުވެއްޓި ދުއްވަންހުރި ފަރާތަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތަކަށް ނުވުމާއި، މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތް ފަރާތަކަށް ވުން.
  • ލޭންޑިންގ ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ޤަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަން. އަދި އެއީ ލޭންޑިންގ ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަން.

އަދި އެރިޕޯޓުގައި ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ކަމަށް ބެލެވޭ ސަބަބެއްކަމަށް ބުނެފައިވަނީ

ޑައިރެކްޓް ޑެލިވަރީ (މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބޭލުން) އޮޕަރޭޝަންސްތަކުގައި އެ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ މިހާރު ހުރި ގަވައިދުތަކުގައި ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދު ކެޕްޓަން. އެ ފަރާތުން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ދެ އެކްސްކެވޭޓަރު ލޭންޑިން ކްރާފްޓްގައި ބެހެއްޓުމަށް ފަހު، ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާ އެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގިފަހުން އަނެއްކާވެސް ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިންގ ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުން ކަމަށެވެ.

މީގެ އިތުރުން ކޮލޫވެއްޓި ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމް.ޕީ.އެލްގެ 10 މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އެމްޕީއެލްއިން ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުން އެ އުޅަނދުގައި އެވަގުތު ތިބީ މަސައްކަތް ނިންމާލުމަށްފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިންގ ކްރާފްޓް ގިރާކޮށްފައި ކަމުގައިވާތީ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *