މިހާރު އެވްރެޖްކޮށް ދުވާލަކު 6579 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރ މަހުގެ ފުރަތަމަ 5 ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ވަނީ 12.3 އިންސައްތަ އިތުރުވެފައިވާއިރު، މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.8 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރި އެރުމެކެވ.
އެ މިނިސްޓްރީން އާންމުކޮސްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ ފުރަތަމަ 5 ދުވަހުގެ ތެރޭގައި 32،895 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވާ އަދަުތަކަށް ބާލާއިރު ޖަނަވަރީ މަހު ދުވާލަކު 6931 ފަތުރުވެރިން، ފެބްރުއަރީ މަހު ދުވާލަކު 7646 ފަތުރުވެރިން، މާރޗް މަހު ދުވާލަކު 6563 ފަތުރުވެރިން، އޭޕްރީލްމަހު ދުވާލަކު 6611 ފަތުރުވެރިން، މެއިމަހު ދުވާލަކު 4375 ފަތުރުވެރިން، ޖޫން މަހު ދުވާލަކު 4726 ފަތުރުވެރިން، ޖުލައި: 6024 ފަތުރުވެރިން، އޮގަސްޓް މަހު ދުވާލަކު 6195 ފަތުރުވެރިން، ސެޕްޓެމްބަރ މަހު ދުވާލަކު 4985 ފަތުރުވެރިން، އޮކްޓޫބަރ މަހު ދުވާލަކު 6143 ފަތުރުވެރިން، ނޮވެމްބަރު މަހުގެ ފުރަތަމަ 5 ދުވަހުގެ ތެރޭގައި ދުވާލަކު 6579 ފަތުރުވެރިން ވަނީ ޒިޔާރަތްކޮސްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮސްފައިވާ ގައުމުތަކަށް ބަލާއިރު ޗައިނާއިން 3 ލައްކައާއި ގާތްކުރާ އަދަދަކަށް ވަނީ ފަތުރުވެރިން އައިސްފައެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް 233،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.
advertisment
advertisment