ތޫފާން ވޮންގް ޕިލިފިންސްއަށް އަރާތީ ރައްކާތރެި ހިސާބުތަކަށް މީހުން ގެންދަން ފަށައިފި އެވެ.
މިއަދުގެ ވަގުތެެއްގައި ޕިލިޕިންސް އަށް އާރާނެ ކަމަށް ލަފާކޮށްފައިވާ ތޫފާން ފަންގް-ވޮންހް މިހާރުވަނީ ކެޓަގަރީ ސްޕަރ ތޫފާނަކަށް ބަދަލުވެފައެވެ. އަދި ޕިލިޕިންސް ގެ އައްސޭރިފަށުން މިހާރުވަނީ 100،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
ފިލިޕީންސްގެ އެކި ސަރަހައްދުތަކަށް ތޫފާނުގެ އިންޒާރުގެ ސިގްނަލްތައް ވަނީ ދީފަ އެވެ. އެންމެ ބޮޑު އެލާޓް ނެރެފައިވާ ސިގްނަލް ނަންބަރު 5، ކެޓަންޑުއާނެސް އާއި ކެމަރިންސް ނޯޓޭ އަދި ކެމަރިންސް ސޫރް ފަދަ ސަރަހައްދުތަކަށް ވަނީ ނެރެފަ އެވެ. މެޓްރޯ މެނީލާ އާއި ކައިރި ސަރަހައްދުތަކަށް ނެރެފައިވަނީ ސިގްނަލް ނަންބަރު 3 އެވެ.
ސުޕަ ޓައިފޫން ފަންގް-ވޮންގް ގެ ނަމުން ނަން ދީފައިވާ މި ތޫފާން މި ރޭ ލުޒޯންގެ އަރޯރާ ޕްރޮވިންސަށް އަރާނެ ކަމަށް ލަފާ ކުރެވޭ އިރު، ގަޑިއަކު 185 ކިލޯމީޓަރު (115 މޭލު) ގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮސްފައެވެ.
ސިވިލް އޭވިއޭޝަން ރެގިއުލޭޓަރުން ބުނީ މިހާތަނަށް 300 އަށް ވުރެ ގިނަ ފްލައިޓް މި ތުފާނާ ގުޅިގެން ކެންސަލްކޮށްފައިވާ ކަމަށެވެ.
advertisment
advertisment