ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިސާ ދޫކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، މިހާރު ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
އެގޮޔތުން ޕީއެންސީ އަށް 13,316,689.57 ރުފިޔާ، ދިއެމްޑީޕީ އަށް 8,454,780.51 ރުފިޔާ، ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އަށް 2,656,598.57 ރުފިޔާ، ސަންޓްރެވަލް ސިޔާމުގެ އެމްޑީއޭ އަށް 1,769,648.69 ރުފިޔާ އަދި ޢަދާލަތު ޕާޓީ އަށް 1,713,538.65 ރުފިޔާ އެވެ.
ޤާނޫނުގައި ބަޔާންކުރާގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އެވެ. އަދި ފައި ސާ ދޫކޮށްފައިވަނީ 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ ސިޔާސީ ތަކުގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާ ގެ މަގުންނެވެ.
advertisment
advertisment