މިއަދު ރާއްޖެއިން ނެގި 1،718 ސާމްޕަލްގެ ތެރެއިން ކޮވިޑް 19 ވައިރަސްއަށް ޕޮޒިޓިވްވީ 38 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
އެޗް.ޕީ.އޭއިން ބުނީ، މިއަދު މާލެ ސަރަހައްދުން 34 މީހުން ޕޮޒިޓިވްވިއިރު، ރަށްރަށުން މި މީހުން އަދި ރިސޯޓުން މީހަކު ޕޮޒިޓިވްވި ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 13،049 އަށް އަރާފައިވާއިރު މީގެތެރޭގައިވެސް ގިނައީ ދިވެހިންނެވެ.
މިގޮތުން މިހާތަނަށް 8،168 ދިވެހިންނަށް ބަލި ޖެހިފައިވެއެވެ. އަދި ބިދޭސީންގެ ތެރެއިން މިބަލި ޖެހިފައިވަނީ 3،249 މީހުންނަށެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 11،968 މީހުން ބަލިން ރަގަޅުވެފައިރު، މިހާރު ބައްޔަށް ފަރުވާކުރަނީ 1،027 މީހުންނެވެ. އޭގެތެރެއިން 89 މީހުންނަށް ފަރުވާކުރަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.
މިއަދުވެސް މިބަލީގައި ރާއްޖެއިން އުމުުރުން 75 އަހަރުގެ މީހަކުވަނީ މަރުވެފައެވެ.
މިމީހާއެކު މިބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދުވަނީ 47 އަށް އަރާފައެވެ.