Ad

ޗެއާޕާސަން ކަމަށް ކުރިމަތިލީ އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުމަށް: ފައްޔާޒް

  • އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާ ކުރުން.
  • އަމާޒަކީ އެމްޑީޕީގެ ހެޔޮވެރިކަން ދެމެހެއްޓުން.
  • ލޮބުވެތި މެމްބަރުންގެ ތާއީދަށް އެދެން.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމެވީ އެ ޕާޓީގެ ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޒް ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރެއްވުމަށް ކުރެއްވި ޓްވިޓެއްގައެވެ.

މިނިސްޓަރ ފައްޔާޒު ކުރެއްވި ޓްވިޓްގައި ވިދާޅުވެފައިވަނީ އެ މަގާމަށް އޭނާ ކުރިމަތިލެއްވީ ޕާޓީ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއީދަށް އެދިވަޑައިގަންނަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ މި އިންތިޚާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާ ވެގެން ދާނެކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.

އެމްޑީޕީ ޗެއަރޕާސަންގެ އިންތިޚާބް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގައެވެ. ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރެއްވީ މިނިސްޓަރ ފައްޔާޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ.

މިހާރު އެ މަގާމުގައި ހުންނެވި ޗެއަރޕާސަން ހަސަން ލަތީފްގެ ދައުރު ހަމަވީ އިއްޔެއެވެ. ޗެއާޕާސަންގެ ދައުރުގެ މުއްދަތަކީ ފަސްއަހަރެވެ. އެމްޑީޕީގެ ތާރީޚުގައި އެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ބޭފުޅަކީ ހަސަން ލަތީފެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *